ބީލަން
ނަންބަރު: (IUL)320-FNP/320/2024/19
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 19 ފެބުރުވަރީ 2024 11:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ކައުންސިލް އިދާރާގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

އިޢުލާން

ބ.އޭދަފުށީ ކައުންސިލް އިދާރާގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

    ބ.އޭދަފުށީ ކައުންސިލް އިދާރާގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްޞީލް:

މުއްދަތު

ތަފްޞީލް

01 އަހަރު

4000 ލީޓަރ ޑީސަލް ( އަހަރަކަށް ލަފާކުރާ )

 

1-      ތެޔޮ ޖެހޭނީ ވެހިކަލްތަކަށް އެޅޭ މިންވަރަކަށް ސަޕްލައިކޮށްދޭށެވެ. ބިލް ހުށަހަޅަންޖެހޭނީ މަސް ނިމުމުން އެމަހަކު ކައުންސިލަށް ބޭނުންކުރެވުނު ތެލުގެ މިންވަރަށެވެ.

2-      އެގްރީމެންޓްގެ މުއްދަތުގެ ތެރޭގައި ތެޔޮ ސަޕްލައިކުރަން ހުށަހަޅާ ރޭޓަށް ބަދަލެއް ގެނެވޭނީ ހަމައެކަނި އެސް.ޓީ.އޯ އިން ޑީސަލް ވިއްކާ އަގަށް ގެންނަ ބަދަލު އެ މިންވަރަށް، އެ ތާރީޚަކުން ފެށިގެންނެވެ.

3-      އެސްޓިމޭޓް ހުށަހަޅަންވާނީ ލީޓަރަކަށް ޖެހޭ ރޭޓެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05 ފެބުރުވަރީ 2024 (ހޯމަ) ދުވަހުން ފެށިގެން 13 ފެބުރުވަރީ 2024 ވާ (އަންގާރް) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

ލިންކު: https://forms.office.com/r/mmuvbjiTWp

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޮޓޭޝަން / އެސްޓިމޭޓް

2-      ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

3-      އައި.ޑީ.ކާޑު ކޮޕީ

 

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (100 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ ރޭޓް / ހުށަހެޅި ރޭޓް x 100 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ ރޭޓަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25  ރަޖަބު 1445

05 ފެބުރުވަރީ 2024