ބީލަން
ނަންބަރު: (IUL)320-FNP/320/2024/17
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 15 ފެބުރުވަރީ 2024 10:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ

    ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިޔުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކުރުމަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި އޭގެ ސްޕްސިފިކޭޝަންސް

އަދަދު

ތަފްޞީލް

100

ކަރުދާސް ފައިލް

200

ރީމް A4 ކަރުދާސް

20

ރީމް A5 ކަރުދާސް

150

ބޮކްސް ފައިލް

500

A4 ސިޓީ އުރަ

1500

ސިޓީ އުރަ  9”x4”

 

1-      އަގު ހުށަހަޅަންވާނީ ބ.އޭދަފުށީ ކައުންސިލް އިދާރާއާ ހަމައަށްތަކެތި ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05 ފެބުރުވަރީ 2024 (ހޯމަ) ދުވަހުން ފެށިގެން 13 ފެބުރުވަރީ 2024 ވާ (އަންގާރަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ދަންނަވަމެވެ.

ލިންކު: https://forms.office.com/r/GbskpH4scj

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ކޮޓޭޝަން / އެސްޓިމޭޓް

 

 

 

 

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (90 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 90 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.

ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25  ރަޖަބު  1445

05 ފެބުރުވަރީ 2024