ނީލަން
ނަންބަރު: (IUL)13-E/13/2024/49
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 13 ފެބުރުވަރީ 2024 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

މި މިނިސްޓްރީގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން އުޞޫލުން ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ފެބުރުވަރީ 13 ވާ އަންގާރަ ދުވަހުގެ 13:30 މި މިނިސްޓްރީގެ ގޯތިތެރެއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3349200 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

05 ފެބުރުވަރީ 2024