ބީލަން
ނަންބަރު: (IUL)GS34/2024/02
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 14 ފެބުރުވަރީ 2024 11:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

 (IUL)GS34/2024/02 ނަންބަރ

ޕްރޮކިއުމަންޓް ނަންބަރު:01/2024

މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

  1. 10 މަސްދުވަހުގެ މުއްދަތަށް (01 މާރިޗު 2024ން 31 ޑިސެމްބަރ 2024ށް) މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބްރުއަރީ 5 ން 2024 ފެބްރުއަރީ 11 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/9ghDZmnSZ6MF8WAF9
  4. ބީލަމުގައި ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ބިޑް ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މިއިޢުލާންގެ 8ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ.
  5. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 13 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 14 ވަނަ ދުވަހުގެ 11:00 ގައި ށ. އަތޮޅު މަދަރުސާގައެވެ.
  7. މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ށ. އަތޮޅު މަދަރުސާ

އަމީނީ މަގު، ށ. ކަނޑިތީމު

ދިވެހިރާއްޖެ.                                                              

ފޯން:  6540059

އީ-މެއިލް:[email protected]

05 ފެބުރުވަރީ 2024