މަސައްކަތް
ނަންބަރު: (IUL)231-ED/231/2015/25
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 12 އޭޕްރިލް 2015 11:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގޭގެ އިރުމަތީ ބައި މަރާމާތުކުރުން

ފާދިއްޕޮޅު އަތޮޅުގޭގެ އިރުމަތީ ބައި މަރާމާތުކުރުން

މި އިދާރާގައި ބެލުމުގެ ދަށުގައިވާ "ފާދިއްޕޮޅު އަތޮޅުގެ" އިރުމަތީ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 މާރިޗު 22 ވަނަ ދުވަހު ކުރެވުނު IUL)231-ED/PRIV/2015/03) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިމަންޓް ބައްލަވައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

2015 އެޕްރީލް 12 ވަނަ ދުވަހުގެ 11:30 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

 

ބިޑް އޯޕަން މީޓިންގ

2015 އެޕްރީލް 19 ވަނަ ދުވަހުގެ 13:30 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް ޑޮކިޔުމެންޓް ވިއްކާ އަގަކީ -/30ރ އެވެ. ބިޑް ޑޮކިޔުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 2015 އެޕްރީލް 12 ވަނަ ދުވަހުގެ 11:30 ން ފެށިގެން 2015 އެޕްރީލް 15 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ބިޑް ޑޮކިއުމެންޓް ވިއްކާނީ ބަންދުނޫން ދުވަސްދުވަހުގެ 09:00 އިން 12:30 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑް ބައްލަވައިގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.

06 އޭޕްރިލް 2015