މަސައްކަތް
ނަންބަރު: (IUL)247-CA/247/2024/14
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 08 ފެބުރުވަރީ 2024 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބުގެ ޝީޓުން ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޝީޓު ފައިބަރު ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އިޢުލާން

     މަސްޖިދުލް އައްވާބުގެ ފުރާޅުގެ ގަޓަރ ޝީޓުން ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޝީޓުގެ މަތީގައި ފައިބަރު ޝީޓެއް އަޅައި އަދި އެއާގުޅޭ ބައެއް އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

     ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ޙަރަކާތް

ތާރީޚް

ސުންގަޑި

ތަން

1

ބިޑް ރަޖިސްޓްރީ ކުރުން

08 ފެބުރުއަރީ 2024 (ބުރާސްފަތި)

11:00

އީމެއިލް މެދުވެރިކޮށް

2

މަޢުލޫމާތު  ދިނުމުގެ ސެޝަން

08 ފެބުރުއަރީ 2024 (ބުރާސްފަތި)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

3

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

12 ފެބުރުއަރީ 2024 (ހޯމަ)

13:00

ހޯރަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

     މި ބީލަމުގައި ރަޖިސްޓްރީވުމަށް ބިޑް ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމާތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

ބިލަމުގެ ނަން އަދި އިޢުލާން ނަންބަރު:         

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                             24 ރަޖަބު 1445 

04 ފެބުރުވަރީ 2024