މަސައްކަތް
ނަންބަރު: (IUL)AEH/AEH/2024/6
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 11 ފެބުރުވަރީ 2024 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެޑްމިން އޮފީހުން މައި އިމާރާތަށް ދާ ވޯލްކްވޭ އަދި ހޮސްޕިޓަލްގެ ލޯންޑްރީ މަރާމާތުކުރުމުގެ މަސައްކަތް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެޑްމިން އޮފީހުން މައި އިމާރާތަށް ދާ ވޯލްކްވޭ އަދި ހޮސްޕިޓަލްގެ ލޯންޑްރީ މަރާމާތުކުރުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 04‏ ފެބްރުއަރީ‏ 2024‏ ، އާދީއްތަ އިން ފެށިގެން ‏ 11‏ ފެބްރުއަރީ‏ 2024‏ ، އާދީއްތަ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ބިޑްފޯރމް، އެނެކްސް 1 އަދި މަޢުލޫމާތު ޝީޓް ރެޖިސްޓަރވާ ފަރާތްތަކަށް އީ.މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޢިއުލާނާއި ގުޅޭ އެހެން ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް‏ 12‏ ފެބްރުއަރީ‏ 2024‏ ، ހޯމަ ވަނަ ދުވަހުގެ  11:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު‏ 15‏ ފެބްރުއަރީ‏ 2024‏ ، ބުރާސްފަތި ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

04 ފެބުރުވަރީ 2024