ދިވެހިރާއްޖެ
ވިޔަފާރިކުރުމުގެ މަސައްކަތް ކުރުމަށް މިރަށު ކުޑަކުދިންގެ ޕާކުގައި ކޮށްފައިވާ ކެފޭ، 05 އަހަރުދުވަހަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.
ވީމާ، މި ޢިމާރާތް ކުއްޔަށް ހިފުމަށް ސައުޤުވެރިވާ ފަރާތަކުން 2024 ފެބުރުވަރީ 12 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2024 ފެބުރުވަރީ 14 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ، ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ މި އިޢުލާނާއިއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. އަދި މީގެކުރިން މިކަމަށްއެދި ކޮށްފައިވާ ނަމްބަރު: (IUL)364-ESMS/364/2024/3 (18 ޖަނަވަރީ 2024) އިޢުލާނުއާއިގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ. އަދި މިއީ މިކަމަށްކުރެވިފައިވާ 2ވަނަ އިޢުލާނުއެވެ.
މިހެންވެ، މިކަން ޢާންމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.