ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418/418/2024/13
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 11 ފެބުރުވަރީ 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

ދވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010  ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 11 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • ·        2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް.
  • ·        2023 ވަނަ އަހަރުގެ މަލީ އޮޑިޓް ރިޕޯޓް.
  • ·        ރައްޔިތުންގެ ޚިޔާލު ހޯދުން.

      މި އިޢުލާނާއިއެކު މި ކައުންސިލްގެ ފާއިތުވި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޢާއްމު ކުރީމެވެ. އަހަރީ ރިޕޯޓް http://tinyurl.com/4xk2dt9j ލިންކުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި އިޢުލާނުގައިވާ QR ކޯޑް ސްކޭންކޮށްގެންވެސް މި ރިޕޯޓް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

04 ފެބުރުވަރީ 2024