ވަޒީފާގެ ފުރުސަތު
|
މަޤާމް:
|
ކައުންސިލް އެގްޒެކެޓިވް
|
މަޤާމު ނަންބަރު:
|
J-389112
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ.އެކްސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
8835/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- -/1100 ރުފިޔާ – ސަޕޯޓިންގ ކޯ އެލަވަންސް 2
- މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
- ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ޑިވެލޮޕްމަންޓް ސަރވިސް ސެކްޝަންގެ އިދާރީ އެންމެހާ ކަންތައްތައް ރާވައި، ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
- ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ޔުނިޓްގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
- މުނިސިޕަލް އެންޑް މެއިންޓަނަންސް ސަރވިސް ޔުނިޓްގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
- ޓްރާންސްޕޯޓް ސަރވިސް ޔުނިޓްގެ ހެޑުންގެ ގޮތުގައި މަސައްކަތްކުރައްވާ މުވައްޒަފުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުމާއި މެންޑޭޓުގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމަށް ޔުނިޓް ހެޑުންނަށް ބޭނުންވާ ލަފައާއި މަޝްވަރާ އާއި އިރުޝާދުދިނުން.
- ސަރުކާރުން އަދި ކައުންސިލުން އައްޑޫ ސިޓީގައި ހިންގުމަށް ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮޖެކްޓް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރާވާ، ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް މޮނިޓަރކުރުމާއި އަހަރުގެ މަސައްކަތުގެ ތާވަލްގައި ހިމެނޭ ޕްރޮޖެކްޓްތަކުގެ މަސައްކަތުގެ ބިޑް ޑޮކިއުމެންޓް ތައްޔާރުކޮށް އިޢުލާންކުރުވުމުގެ ޕްރޮސެސް މޮނިޓަރކޮށް ބެލެހެއްޓުން.
- ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ލަފަޔާއި މަޝްވަރާ ފޯރުކޮށްދިނުމުގެ މަސައްކަތް މޮނިޓަރކުރުން.
- ކައުންސިލުން އަލަށް ފަށާ ޕްރޮޖެކްޓްތަކުގެ ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމާއި ކައުންސިލްގެ އިދާރާ އާއި އަވަށު އޮފީސްތަކުގެ މަސައްކަތާ ގުޅިގެން ހޯދަން ބޭނުންވާ 35000.00އަށް ވުރެ އަގު ބޮޑު ޚިދުމަތް ހޯދުމަށާއި 35000.00އަށް ވުރެ ބޮޑު މަރާމާތުތައް ކުރުމަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް މޮނިޓަރކުރުން.
- ކައުންސިލް އިދާރާ އާއި އަވަށްތަކުގައި ކުރެވޭ މަސައްކަތްތަކާއި އަދި ހިންގޭ އެކި އެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ހޯދަން ބޭނުންވާ ކެޕިޓަލް ތަކެތި ހޯދުމަށް ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރުމާއި ބިޑް ކާމިޔާބު ކުރާ ފަރާތްތަކާއެކު އެގްރިމެންޓްކުރުމުގެ މަސައްކަތް މޮނިޓަރކުރުން.
- ބިޑް ކާމިޔާބު ކުރާ ފަރާތްތަކާއި އެކު އެގްރިމެންޓް ކުރުމާއި ޕްރޮޖެކްޓްތައް ތަންފީޒުކުރުމާއި ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް މޮނިޓަރ ކުރުމާއި ލޮގް ބެލެހެއްޓުމާއެކު އެކުލަވާލަންޖެހޭ ރިޕޯރޓްތައް އެކުލަވާލުމާއި ފައިނަލް އިންސްޕެކްޝަން ރިޕޯރޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް މޮނިޓަރކުރުން.
- ޕްރޮޖެކްޓްތަކުގެ ރިޓެންޝަން މުއްދަތު ގެ މޮނިޓަރިން ރިޕޯޓް ތައްޔާރުކުރުމާއި އެގްރިމެންޓާއި އެއްގޮތަށް ރިޓެންޝަން މުއްދަތުގެ ތެރޭގައި ކުރަންޖެހޭ މަރާމާތާއި ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މޮނިޓަރކުރުން.
- ސަރުކާރުގެ މިނިސްޓަރީތަކުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯރޓް ހުށަހެޅުން. (41 ނ)
- "ކައުންސިލް އިދާރާ އާއި އަވަށު އޮފީސްތަކުން ކުރަންޖެހޭ މަރާމާތުގެ ތެރެއިން 35000.00 ރުފިޔާއަށް ވުރެ އަގުބޮޑު މަސައްކަތް ހިންގުމާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ރައްޔިތުންގެ ޢިމާރާތްތަކުގައި ކުރަންޖެހޭ މަރާމާތުގެ ތެރެއިން 35000.00 ރުފިޔާއަށް ވުރެ އަގު ބޮޑު މަރާމާތުކުރުވުމާއި، ޤުދުރަތީ ގޮތުންނާއި އެނޫންގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާއި ގުޅިގެން އަވަށްތަކުގައި ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތަކުގެ ތެރެއިން 35000.00 ރުފިޔާއަށް ވުރެ އަގު ބޮޑު މަރާމާތްތައް ކުރުވުމުގެ އިތުރުން، މިސްކިތްތަކާއި ބޯޅަދަނޑުތަކާއި ޤަބުރުސްތާނުތަކާއި ޕާރކްތަކާއި މައިދާނުތަކާއި މިނޫނަސް މިފަދަ ތަންތަނުގައި ކުރަންޖެހޭ މަރާމާތުތަކުގެ ތެރެއިން 35000.00 ރުފިޔާއަށް ވުރެ އަގު ބޮޑު މަރާމާތުތައް ކުރުވުމުގެ މަސައްކަތް މޮނިޓަރކުރުން. "
- އައްޑޫސިޓީ ކައުންސިލުން ޢިމާރާތް ކުރުމަށް ހުށަހަޅާ ޢިމާރާތްތަކުގެ ކުރެހުން އެކުލަވާލައި، އެފަދަ ޢިމާރާތްތައް ޢިމާރާތް ކުރުމުގެ މަސައްކަތް ހިންގަމުން ދަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި ގަވާއިދާ ޚިލާފަށް ކުރެވޭ މަސައްކަތްތައް ހުއްޓުވައި ފިޔަވަޅު އެޅުވުމާއި އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭނުގައިވާގޮތުގެ މަތިން އެއްބުރިއަށް ވުރެ ގިނަ ބުރިއަށް ޢިމާރާތްކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅޭ ކުރެހުންތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެޕްރޫވްކޮށް ދިނުމުގެ ޓެކްނިކަލް ކަންކަން ހިންގާ ބަލަހައްޓައި މޮނިޓަރކުރުން.
- އައްޑޫސިޓީގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިނގަމުން ދޭތޯ ބެލުމާއި މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޮނިޓަރކުރުން.
- ބަނދަރުތައް މަރާމާތުކުރުން، ފާލަންތަކާއި ފެރީ ޓާރމިނަލްތައް މަރާތުކުރުން އަދި އަލަށް ހަދަންޖެހޭ މަގުތައް ހެދުމުގެ މަސައްކަތް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާ ގުޅިގެން ހިންގާ މޮނިޓަރކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި އެއްގަމު ތޮށްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޮނިޓަރކުރުން.
- މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރުމާއި ފެންހިންދާ ނިޒާމު މަރާމާތުކުރުމުގެ އެންމެހާ އިންތިޒާމު ހަމަޖައްސާ ހިންގާ ބެލެހެއްޓުމާއި ވެލިމަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޮނިޓަރަކުރުން.
- އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތަށް ހެދުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުމާއި އަލަށް ހަދާ މަގުތައް ހެދުމުގެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ހެދިފައިވާ ތާރުމަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޮނިޓަރކުރުން.
- ޕާރކުތަކާއި ހަނދާނީ ބިނާތަކާއި ރަށްވެހިބިނާތައް ހަދައި އެފަދަ ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ހިންގާ މޮނީޓަރކުރުން.
- އައްޑޫ ސިޓީގެ ރައްޔިތުންނާއި އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކާއި ބިދޭސީންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ޓެކްސީ ކާރޑް އަދި ޓެކްސީ ލައިސެންސް ދޫކުރުމާއި ކަނޑުގެ ލޯކަލް އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި ދަތުރުފަތުރުކުރުމުގެ ނިޒާމުތައް ކުރާ ފަރާތްތަކަށް ބޭނުންވާ ހުއްދަ ދިނުމުގެ އެންމެހާ މަސައްކަތް މޮނިޓަރކުރުމުގެ އިތުރުން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ހުއްދަދޭ ކެޓަގަރީ އިތުރުކޮށްދިނުމާއި އެއްގަމު އުޅަނދުގެ ޒޯން ބަދަލުކުރުމުގެ މަސައްކަތް މޮނިޓަރކުރުން
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަޝްވަރާއާއިއެކު މަގުމަތީގައި ޕާކުކުރާ އުޅަނދުފަހަރުން، އެއްގަމު އުޅަނދު ޕާކްކުރުމުގެ ޤަވާއިދާއި އެއްގޮތަށް ފީނެގުމާއި އައްޑޫގެ މަގުތަކުގެ ވަންވޭތަކަށް ބަދަލުގެނައުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ މަގުތަކާއި، ސަރަޙައްދު ކަނޑައެޅުމާއި، ފައިމަގުގައި ހިނގާފައި އުޅެވޭނެ މަގުތަކާއި ސަރަހައްދުތަކާއި ވަގުތު ކަނޑައެޅުމުގެ މަސައްކަތް މޮނިޓަރކުރުން.
- ޓެކްސީ ސެންޓަރުތަކާއި ބަސްދަތުރުކުރާ ފަރާތްތަކަށް ހުއްދަދިނުމުގެ އެންމެހައި މަސައްކަތްކުރުވުމާއި ޑްރައިވިން ސްކޫލް ފަދަ ޚިދުމަތްދޭ ތަންތަނަކަށް ހުއްދަ ދިނުމުގެ އެންމެހައި މަސައްކަތްކުރުވުމާއި ގަރާޖު ހުއްދަ ދޫކުރުމާއި ގަރާޖުތަކަށް ރޯޑްވާދިނަސް ސެޓްފިކެޓް ހުއްދަދޫކުރުމުގެ މަސައްކަތް މޮނިޓަރކުރުން.
- ކަނޑުގެ އުޅަނދު ފަހަރުގެ ސާރވޭ އާއި ސަލާމަތީ ސެޓްފިކެޓާގުޅޭ އެންމެހައި ކަންކަން ހިންގައި މޮނިޓަރކުރުމާއި ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގެ ހުއްދަދޭ ކެޓަގަރީ އިތުރުކޮށްދިނުމުގެ މަސައްކަތް މޮނިޓަރކުރުން.
- އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދަތުރު ފަތުރުގެ ނިޒާމް ޤާއިމުކުރެވިފައިވޭތޯ ކަށަވަރުކުރުމާއި މިކަމާގުޅިގެން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގެ މަސައްކަތްކުރުވުން.
- ދަތުރުވެރިންނަށް ބޭނުންވާ ދުރަށް އަލި ފޮނުވާ ބައްތިތައް، ނެރުބައްތި އަދި މަގުވަރި ބައްތި ބެހެއްޓުމަށް ބޭނުންވާ ގަވާއިދުތައް ހަދައި، އަވަށު އޮފީސް މެދުވެރިކޮށް ބައްތިތައް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުވުމާއި މޮނިޓަރކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާ:
|
އެޑްމިނިސްޓްރޭޝަން
މެނޭޖްމަންޓް
|
ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް):
|
- އިންޓަނޭޝަނަލް ރިލޭޝަންސް
- ލޯ
- ލީޑަރޝިޕް
- ލައިބްރަރީ ސައިންސް
- ލޯކަލް ގަވަރނަންސް
- މެނޭޖްމަންޓް
- މެރިން ސައިންސް
- މާކެޓިންގ
- އޮފީސް އެޑްމިނިސްޓްރޭޝަން
- ޕޮލިސީ ސްޓަޑިޒް
- ޕޮލިޓިކަލް ސައިންސް
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް މޭނޭޖްމަންޓް
- ޕަބްލިކް ޕޮލިސީ
- ޕަބްލިކް ރިލޭޝަންސް
- ޝަރީޢާ އެންޑް ލޯ
- ސޯޝަލް ސައިންސް
- ސޯޝަލް ވޯރކް
- ސޯޝިއޮލޮޖީ
- ސްޕޯޓްސް މެނޭޖްމަންޓް
- ސްޓެޓިސްޓިކްސް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- އާބަން ސްޓަޑީޒް
|
- އެކައުންޓިންގ
- އެޑްމިނިސްޓްރޭޝަން
- އެގްރިކަލްޗަރަލް ސައިންސް
- އެންތްރޯޕޮލޮޖީ
- އާކިޓެކްޗަރ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ސިވިލް އިންޖިނިއަރިންގ
- ކޮމާސް
- ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
- ކޮމްޕިއުޓަރ ސައިންސް
- ކައުންސިލް އެޑްމިނިސްޓްރޭޝަން
- ކަލްޗަރ އެންޑް ހެރިޓޭޖް
- ޑިމޮގްރަފީ
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮނޮމިކްސް
- އެޑިއުކޭޝަން
- އެންވަޔަރަންމެންޓަލް ސައިންސް
- ފައިނޭންސް
- ގަވަރނަންސް
- ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
- ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
- ހިއުމަން ރިސޯސް
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (http://adducity.gov.mv/uploads/1625028023.pdf) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުން – %30
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) –
- ޕްރެޒެންޓޭޝަން -
- އިންޓަރވިއު - %30
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.
- އިންޓަރވިއު، އެސެސްމަންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛ އަދި
- ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 (ފަސްދޮޅަސް) ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ފެބުރުވަރީ 11 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އެސެސްމެންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމެންޓް އޮންނާނީ 2024 ފެބުރުވަރީ 12 އާއި 2024 މާރިޗު 10 އާ ދެމެދު އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|
24 ރަޖަބު 1445
04 ފެބުރުވަރީ 2024
|