ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2024/10 އިޢުލާންގައި ފިނޮޅުތަކުގެ ޖީ.ޕީ.އެސް ކޯޑިނޭޓްސްތައް ޖެހިފައިވަނީ އެންމެ ރަގަޅުކޮށް ކަމަށް ނުފެންނާތީވެ އެއިޢުލާން ބާޠިލްކޮށް، އަލުން ތިރީގައި ބަޔާންކޮށްފައިވާ 04 ފިނޮޅު، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި އަލުން ފުރުސަތު ހުޅުވާލަމެވެ.
ލޮންޖިޓިއުޑް |
ލެޓިޓިއުޑް |
ނަން |
# |
73° 01' 55'' E |
5° 10' 55'' N |
ވިލިނގިލިފަރު ފިނޮޅު |
1 |
73° 07' 32'' E |
5° 15' 57'' N |
ނުރައުފުރިފަރު ފިނޮޅު |
2 |
73° 05' 29'' E |
5° 17' 07'' N |
ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) |
3 |
73° 06' 10'' E |
5° 17' 04'' N |
ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) |
4 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިކައުންސިލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
1- ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީވާއިރު ނުވަތަ[email protected] އީ-މެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންޏެއްނަމަ އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ބީލަމުގައި ރަޖިސްޓްރީވާއިރު ނުވަތަ [email protected] އީ-މެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ.
2- ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ބަދަލުގައި ކަނޑައަޅާފައިވާ ފަރާތެއްކަން ބަޔާންކޮށްފައިވާ ލިޔުމަކާއި އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ސޯލް ޕްރޮޕަރިއޭޓަރޝިޕް، ޕާޓްނަރޝިޕް ނުވަތަ ކުންފުންޏެއްނަމަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތުގެ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
3- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މިއިދާރާއަށް ލިޔުމުން ހުށަހަޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ[email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
4- ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
24 ރަޖަބު 1445