ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)274/INDIV/2024/14
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 13 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓަދޭނެ ފަރާތްތައް ހޯދުން

          މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް ށ.ފޭދޫގެ އިޖުތިމާޢީ ސަރަހައްދުތައް 01 އަހަރުދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 13 ފެބުރުއަރީ 2024ވާ އަންގާރަ ދުވަހުގެ 13:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

          ވީމާ މިއިޢުލާނާއިއެކު ކުނިކަހާ ބަލަހައްޓަންޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު ކަރުދާހާއި،އަގުހުށަހަޅާ ފޯމް އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

          އަދި ދަންނަވަމެވެ.އެއްފަރާތަށް ދެގޮޅިއަށްވުރެ އިތުރަށް ނެގުމުގެ ފުރުޞަތު ނެތްވާހަކަ ދެންނެވީމެވެ. އަގުހުށަހަޅާ ފޯމްތައް ހުންނަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި އިޖުތިމާޢީސަރަހައްދު ކުނިކަހާ ސާފުކޮށްބެލެހެއްޓުން/ގޮޅީގެ ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ.

24  ރަޖަބް  1445

04 ފެބުރުވަރީ 2024