ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/11
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 13 ފެބުރުވަރީ 2024 11:15
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު –ވާރޭފެން ހިންދާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފޯމް ހޮޅި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގައި ވާރޭފެން ހިންދާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ 140 ޕީ.ވީ.ސީ-ޔޫ 160mmX4mm (ސްވަރޭޖް ބޭނުންތަކުގައި ބޭނުންކުރާ) ހޮޅި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ޝީޓްގައިވާ ގޮތަށް 140 ފޯމް ހޮޅި ފޯރުކޮށްދިނުމަށް  ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.

މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 12 ފެބުރުވަރީ  2024ވާ ހޯމަ  ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

 މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ފެބުރުވަރީ 2024ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ފެބުރުވަރީ  2024ވާ ބުދަ ދުވަހުގެ 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected]  އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2024

04 ފެބުރުވަރީ 2024