ދެންނެވުން
ނަންބަރު: F2C-A/2024/1
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 15 ފެބުރުވަރީ 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަމަޅަބަސް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަމަޅަބަސް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެއްޖެއެވެ.

   

ފެންވަރު ނުވަތަ ޝަރުތު: ޝަރީޢަތުގެ މަޖިލީހުގައި، ދައްކާ ވާހަކަ ތަމަޅަބަހުން ކިޔާދޭން އެނގުމާއީ، ތަމަޅަބަހުން ދައްކާވާހަކަ ދިވެހިބަހަށް ތަރުޖަމާކޮށްދޭން އެގުން.

 އުޖޫރަ: ތަރުޖަމާނެއްގެ އެހީތެރިކަން މިކޯޓަށް ހޯދައިފިނަމަ، ގަޑިއަކަށް -/400ރ (ހަތަރުސަތޭކަ ރުފިޔާ) ގެ ރޭޓުން އުޖޫރައެއް ދެވޭނެ.

                  ވީމާ، މިކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިފާ ފަރާތްތަކުން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ އެޕްލިކޭޝަންފޯމާއި، އިޤްރާރު އަދި އައިޑީ ކާޑު ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓް ކޮޕީ) އާއެކު ހުށަހަޅާނީ 15 ފެބްރުއަރީ 2024 ގެ 13:00 ގެ ކުރިން ބ.ކަމަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެޕްލިކޭޝަންތައް އީމެއިލް:  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.                          އެޕްލިކޭޝަން ފޯމާއި އިޤުރާރް، ބ.ކަމަދޫ މެޖިސްޓްރޭޓް ކޯޓުން އަދި ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://b-kamadhoo.courts.gov.mv/downloads

އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6600255 ފޯނަށް ގުޅުއްވުންއެދެމެވެ.

04 ފެބުރުވަރީ 2024