ވަޒީފާގެ ފުރުޞަތު
ނަންބަރު: KS-R/IUL/2015/02
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 14 އޭޕްރިލް 2015 15:00
ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އޮފީސް އެސިސްޓެންޓް 

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް

އެސް. އެސް. 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ކަލާފާނު ސްކޫލް

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ބިދޭސީ މުވައްޒަފުންގެ ވާރކް ވިސާ ކާޑު ހެއްދުމަށް އިމިގްރޭޝަނަށް ދިއުމާއި، ވިސާފީ ދެއްކުމަށްޓަކައި މީރާއަށް ދިއުން.
  2. ފިނޭންސް މިނިސްޓްރީން ޗެކް ގެނައުމަށްފަހު، ޖަމާކުރަންވާ ފައިސާއާއި ނަގަންވާ ފައިސާ އެމް އެމް އޭ / ބޭންކުން ނެގުން.
  3. ބޭރަށް ގެންދަންޖެހޭ ސިޓީފަދަ ތަކެތި އެތަނަކަށް ރައްދުކޮށްދިނުމާއި، ސްކޫލަށް ގެންނަންޖެހޭ ތަކެތި ގެނައުމުގެ މަސައްކަތް ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

މަޤާމު

މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް

އެސް. އެސް. 1

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމުގެޝަރުޠު

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.

- ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތާ ވަގުތުން ހަވާލުކުރުން.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން.  

- ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ، އެ ޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން.

މިވަޒީފާއަށް އެންމެ ޤާބިލް މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި

 

  • މި މަޤާމްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2015 އެޕްރީލް 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
  • މި މަޤާމްތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7  ދުވަހުގެތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ 15 ފަރާތަކަށެވެ.


އިތުރު މަޢުލޫމާތު

 

  • މި ސްކޫލްގެ ފޯނު: 3326607،  ފެކްސް: 3314457
  • ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

16 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015