މަސައްކަތް
ނަންބަރު: GS-215/IUL/2024/08
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 12 ފެބުރުވަރީ 2024 12:00
އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
އިހައްދޫ ސުކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިހައްދޫ ސުކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިހައްދޫ ސުކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ރަޖިސްޓްރީ ކުރެވިގެން ހިންގާ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކަށެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

12 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ރަޖިސްޓްރޭޝަން ފޯރމް ހިއްސާކުރެއްވުން އެދެމެވެ.

2

މަޢުލޫމާތު ސާފުކުރުން

 މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހު 11:00ގައި އިހައްދޫ ސުކޫލުގެ ލައިބުރަރީގައެވެ.

3

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ފެބުރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އިހައްދޫ ސުކޫލުގެ ލައިބުރަރީގައެވެ. ( ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

 

ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަން ހުށައެޅުމަށް ބައިވެރިއެއް ނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ފެބުރުއަރީ 13ވާ  އަންގާރަ ދުވަހުގެ 11:00ގެ ކުރިން އިހައްދޫ ސުކޫލަށް ހާސިރުވެ ނުވަތަ 7967101 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. 

04 ފެބުރުވަރީ 2024