ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޞިއްޙީ ވުޒާރާ
މާލެ، ދިވެހިރާއްޖެ
(IUL)182-REG/23/2024/1 :ނަންބަރ
އެލާރޓް
ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި، "ޕޯސްޓް މާރކެޓް ސާވައިލަންސް ޕްލޭން" އެއް ހަދާ، އެޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލްނަގާ، ބޭހުގެ ކޮލިޓޭޓިވް އަދި ކޮއަންޓީޓޭޓިވް ޓެސްޓްތައް ކުރަމުންދެއެވެ. މިގޮތުން މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ތިރީގައި މިދަންނަވާ ބޭސް ޓެސްޓްކުރި އިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.
އާއްމުގޮތެއްގައި ބޭސް ގުޅައަށް މިހެންދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުންނެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުސަތު ބޮޑެވެ. މިބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު މިއޮތޯރިޓީގެ ފަރާތުން މިދަނީ އިތުރަށް ބަލާ ދިރާސާ ކުރަމުންނެވެ.
ވީމާ، މިއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި، އާއްމު ފިހާރަތަކުން މިވަގުތު މިބޭސް ނުވިއްކެވުމަށް ދަންނަވަމެވެ. އަދި މި އިންވެސްޓިގޭޝަން ނިމެންދެން މިބޭސް ރާއްޖެ އެތެރެ ކުރުން "ރެސްޓްރިކްޓް" ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ. އަދި މިވަގުތު، ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާއްމު ފިހާރަތަކުގައި ހުރި މިބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު، ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުން އެދެމެވެ.
ދެންނެވިފައިވާ ފެނަޑޯލް (ޕެރަސެޓަމޯލް) އަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއްބޭހެވެ. މިބްރޭންޑުގެ އިތުރުން، ފެރަސެޓަމޯލް 500 މިލިގްރާމްގެ އިތުރު 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑް އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭކަން ފާހަގަކޮށްލަމެވެ.
Manufacturer/country of Origin | Brand/Dosage form/Strength | Generic Name | # |
Smithkline Beecham (Pvt) Ltd, 121, Galle Road, Kaldemulla, Moratwa, Srilanka | Panadol 500mg tablet | Paracetamol | 01 |
އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރ: 7200321، ނަމަ 3014308، 3014316 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.