ވަޒީފާގެ ފުރުޞަތު
ނަންބަރު: 261-CA/2015/15
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 28 އޭޕްރިލް 2015 15:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ޕްލޭނިންގ އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 23 މާރިޗު 2015 ގައި މި އި ދާރާއިން ކޮށްފައިވާ  261CA/2015/10 ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާވާފައިނުވާތީ، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މަޤާމް:                  ޕްލޭނިންގ އޮފިސަރ  
މަޤާމުގެ ނަންބަރު:            226686 

މަޤާމުގެ ރޭންކް:             އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ:             ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:                އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:       ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

މުސާރަ:                  މަހަކު 5،610.00 ރުފިޔާ

ސަރަވިސް އެލަވަންސް:          މަހަކު 2000.00 ރުފިޔާ

ބޭނުންވާ އަދަދު:              1 (އެކެއް)             

މަޤާމުގެ ޝަރުޠުތައް: 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ޕްރޮޖެކްޓްތައް ތައްޔާރުކޮށް، އެތަކެތި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  2. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކުރެވިގެން ރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3. ސަރުކާރާއި ރައްޔިތުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އެކަންކަމަށް ފަންނީގޮތުން ލަފާދިނުމާއި، އެފަދަ ކަންކަން ހިނގާގޮތް މޮނިޓަރކުރުން.
  4. ރަށު ކައުންސިލުން އެކުލަވާލައި ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަނފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާގޮތުގެމަތިން ތަންފީޒުކުރުމުގައި ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  5. ބަނދަރާއި ފެރީ ޓަރމިނަލްގެ ކަންކަން ބެލެހެއްޓުން.
  6. ރަށުގައިހުރި ތިމާވެށީގެ މައްސަލަތައްބަލައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  7. މިނޫނަސް މުވައްޒަފު ނިސްބަތްވާ ޑިވިޜަން/ ޔުނިޓުން ކުރަންޖެހޭ ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރުމާއި، މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  8. ރަށުގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ރަށުގެ ވެރިން އަންގާ ގޮތެއްގެ މަތިން ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއަކީ، 2015 މެއި 12 ވާ އަންގާރަ ދުވަހުގެ 10:00 އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 އެޕްރީލް 28 ވާ އަންގާރަދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:  

  1. ދިވެހި ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.
  2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހިއްޖެނަމަ، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  3. މީގެ އިތުރުންވެސް، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6520047 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6520047 އެވެ. އީމެއިލްކުރާނީ [email protected]  އަށް، ނުވަތަ [email protected] އަށެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015