ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH-A-AD /2015/1
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 16 އޭޕްރިލް 2015 15:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ނ. މާފަރު ޞިއްޙީ މަރުކަޒާއި، ނ. ހެނބަދޫ ޞިއްޙީ މަރުކަޒްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ. މާފަރު ޞިއްޙީ މަރުކަޒު، ނ. ހެނބަދޫ ޞިއްޙީ މަރުކަޒު (މީގެ ތެރެއިން ވަޒީފާ ހަމަޖެހޭ ރަށެއްގައި)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހަމަޖެހިފައިވާ އުޞޫލުން ޞިއްޙީ މަރުކަޒު ހުޅުވަައި ބަންދުކުރުން.

2. މުވައްޒަފުންގެ ހާޒިރީއާއި، މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

3. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ޞިއްޙީ މަރުކަޒަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަނެ، އެންޓްރީކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހަވާލުކުރުން.

5.ލި ޔެކިއުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7. ޞިއްޙީ މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

8. ރިޝެޕްޝަނުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.

9. އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވެއްދުން

10. ލިޔެކިއުމާބެހޭ ތަކެއްޗާއި އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓުން.

11. ބަޖެޓް ފައިސާއާއި މުސާރަ ޝީޓް ތައްޔާރުކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

12. އޮފީހުގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން.

13. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާއި، މަސައްކަތުގައި ހަރަކާތްތެރިކުރުވައި، އެމީހުން ސްޕަވައިޒްކުރުމާއި، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

14. މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުން.

15. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވާންޖެހިއްޖެ ޙާލަތެއްގައި ހިންގުމާއި ހަވާލުވެ، އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

16. މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެލަވަންސްގެގޮތުގައި، ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން)  ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ނ. މާފަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މާފަރު ޞިއްޙީމަރުކަޒަށް އަދި  ނ. ހެނބަދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހެނބަދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 އެޕްރީލް 26 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 މެއި 14 ވާ ބުރާސްފަތި ދުވަހާ ދެމެދުގެ ތާރީޚެއްގައި. ހެނބަދޫ ޞިއްޙީ މަރުކަޒުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، ހެނބަދޫ ޞިއްޙީ މަރުކަޒުގައެވެ. މާފަރު ޞިއްޙީ މަރުކަޒުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، މާފަރު ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީގަޑީގައި،  ނ. މާފަރު ޞިއްޙީ މަރުކަޒަށްނަމަ، 6560603 ނަންބަރު ފޯނަށެވެ. ނ. ހެނބަދޫ ޞިއްޙީ މަރުކަޒަށްނަމަ، 9712948 ނަންބަރު ފޯނަށެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015