މަސައްކަތް
ނަންބަރު: (IUL)356/356/2024/06
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 14 ފެބުރުވަރީ 2024 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނައަހަރު ރަމަޟާންމަހަށް މިސްކިތްތައް މަރާމާތު ކުރުން

މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް އދ.މާމިގިލީ  ''މަސްޖިދުއް ތަޢާވުން'' މަސްޖިދުލް ނަޞްރު އަދި '' މަސްޖިދުލް ވަފާ '' މިސްކިތުގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ފެބުރުއަރީ  4 ން 2024 ފެބުރުއަރީ 8 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/500 ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 ފެބުރުއަރީ 14 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 ފެބުރުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 ޖަނަވަރީ 2024