ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2015/9
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 12 އޭޕްރިލް 2015 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމު:              ލާންޗް ޑްރައިވަރ
  • މަޤާމުގެ ރޭންކް:         އެސް. އެސް. 2
  • މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 2
  • އޮފީސް / އިދާރާ:       މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
  • ސެކްޝަން:           ކޯޕަރޭޓިވް އެފެއާޒް
  • ވަޒީފާ އަދާކުރަންޖެހޭ ތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ބ. އޭދަފުށި
  • މުސާރަ:             3470.00
  • ސަރވިސް އެލަވަންސް:    1000.00
  • ބޭނުންވާ އަދަދު:        1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު

1- އަތޮޅު  ކައުންސިލްގެ އިދާރާގެ ދޯނިޔާ ލާންޗު ފަޅުގައި އަޅާފައި އޮންނައިރު، އެ ލާންޗުން ދިޔަހިއްކޭތޯ ބެލުމާއި، ވާވެލާވެލި ހުރީ ރަނގަޅަށްތޯ މަދުވެގެން ދުވާލަކު 1 ފަހަރު ބަލައި، ގޯސްކޮށް ހުރިނަމަ، އެކަމެއް ރަނގަޅުކުރުމުގެ މަސައްކަތްކުރުން.

2- ދޯނިޔާ ލާންޗުން ފެހިކެހުމާއި، އެ ލާންޗު ފަޅުގައި އަޅާފައި އޮންނައިރުގައްޔާއި، ދަތުރުތައް ނިންމުމަށްފަހު އެނބުރި ރަށަށް އައިސް ލާންޗު ރަނގަޅަށް ސާފުކުރުން.

3- ދޯނިޔާ ލާންޗުގައި އަތޮޅު ކައުންސިލްގެ އިދާރާއިން ކުރާ ދަތުރުތަކުގައި ފުރަން އަންގާ ގަޑިއަށް ފުރޭގޮތަށް ބޯފެނާއި ދަތުރަށް ބޭނުންވާ ތެލާއި، ސަލާމަތީ ސެޓްފިކެޓްގައި ހިމެނޭ ތަކެއްޗާއި، ދަތުރަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯދުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތު ތަޖުރިބާ (މަސައްކަތްކުރިކަމުގެ ލިޔުން ހުށަހެޅުން)

3- މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

13 އެޕްރީލް 2015 އާއި 21 އެޕްރީލް 2015 އާ ދެމެދު އަތޮޅު ކައުންސިލްގެ އިދާރާގައި.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތަކާއެކެ 2015 އެޕްރީލް 12 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް. އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ލިއުންތައް ހުށަހެޅޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެންހުނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ    "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤް ހުރިގޮތް  ބަޔާންކުރާ ފޯމު"

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608300 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608301 އެވެ. އީމެއިލްކުރާނީ [email protected] އަށެވެ.             

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015