ބީލަން
ނަންބަރު: (IUL)265/265/2024/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 11 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުރިނބީ ކައުންސިލަށް ރަށު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ކުރިނބީ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށާއި، ކައުންސިލްގެ އެކި ބޭނުންތަކުގައި ބޭނުންކުރުމަށް ރަށުޕިކަޕެއް ހޯދުންބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

ބިޑް ހުށަހެޅުން

އޮންލައިކް ފޯމު މެދުވެރިކޮށް:

https://forms.gle/zvdUphjB1YX7i5sh8

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް

11 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00

 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް އަދި އެންމެ ކުރު މުއްދަތަށް 20 ޕޮއިންޓެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 
01 ފެބުރުވަރީ 2024