މަގާމު:
|
ޑިރެކްޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް
|
ބޭނުންވާ އަދަދު:
|
1 އެކެއް
|
ވަޒީފާގެ ބޭނުން:
|
ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީހުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތަކާއި ތަހްޤީޤީ މަސައްކަތްތައް ކުރުން
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
EX1
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް
|
މުސާރަ:
|
-/13،650ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
އިންވެސްޓިގޭޝަން އެންޑް ލީގަލް
|
މަޤާމުގެ ޝަރުތު:
|
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ޢުމުރުން 55 އަހަރުން މަތީގެ މީހެއް ކަމުގައި ނުވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް
- ޤާނޫނު
- ޤާނޫނާއި ޝަރީޢާ
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
- މި ދާއިރާއާއި ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަށް އަހުލުވެރިވެފައިވުން.
- ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޙަރަކާތްތެރިވާ އިދާރާ ނުވަތަ މުވައްޒަފުން/މުވައްޒަފަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު ތައް އެކަށައަޅާ، ކުރާނެ ގޮތްރާވާ، ތަހުގީގު ކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކުގެ މުވައްޒަފުންނާބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާނެ އުސޫލުތަކާ އެއްގޮތަށް މައްސަލަތައް ބަލައި، ތަޙްޤީޤްކޮށް، އެކަންތައްތަކާބެހޭ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތްތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، އެކަންކަން އާންމުކުރުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންނާއި ގުޅިގެން އަންނަ ޝަކުވާތައް ބަލައި ތަހުގީގު ކުރުމަށްފަހު، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ އެންމެހާކަންތައް މޮނިޓަރ ކޮށް ބެލެހެއްޓުން.
- ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކޮށް އެކުލަވާލާ ރިޕޯޓްތަކާގުޅިގެން ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ހުރި އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރުމަށް އެކަންކަމާބެހޭ އިދާރާތަކަށް ލަފާ އެރުވުން.
- މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރަންޖެހޭ ކަންތައްތަކަށް އިސްނަގައިގެން (ލީޑަރޝިޕް ރޯލެއް އަދާކޮށް) އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
- ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މެންޑޭޓްގެ ދަށުން ހިންގާ މަސައްކަތްތަކުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
- ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައާއި، އެފަދަ ކަންކަމާގުޅިގެން ޗިލްރަންސް އޮމްބަޑްސްޕާރސަން އޮފީހުގެ ދަށުން ހިނގަމުންދާ އެންމެހާ ކަންކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާ ތަމްރީން (%30)
- މަސައްކަތުގެ ތަޖުރިބާ (%20)
- އިންޓަވިއު/އިމްތިހާން (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 8 ފެބުރުވަރީ 2024 ވާ ބުރާސްފަރި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
- އެޕްލިކޭޝަން ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
- ސީ.ވީ.
- ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
- ތަޖުރިބާއާގުޅޭ ލިޔުންތައް
|
ނޯޓް:
- މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
- އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|