ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)372-B1/372/2024/19
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 25 ފެބުރުވަރީ 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ގެނައުން

1445 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ގެނައުން

 

ފާއިތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި ހިނގާ 1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ގެނައުމަށްޓަކައި ކައުންސިލުން މިދަނީ މަސައްކަތް ކުރަމުންނެވެ. ޙާފިޡު ގެނައުމުގެ އެންމެހާ ކަންކަމަށް ގާތްގަނޑަކަށް -/45,000 ރުފިޔާ ޚަރަދުވެއެވެ.   

ވީމާ، ޙާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެހީތެރިކަން ނުވަތަ ސްޕޮންސަރ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ ކުރިން، އެކަމަށްއެދި ހުށަހަޅާ ސިޓީ މި އިދާރާގެ ކައުންޓަރަށް ނުވަތަ މެއިލަށް [email protected] ފޮނުއްވައި ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ 6740014 ފޯނަށް ނުވަތަ 7613854 މޮބައިލަށް ގުޅުއްވައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

01 ފެބުރުވަރީ 2024