ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
27 އެޕްރީލް 2014 ގައި ކޮށްފައިވާ IUL)VAH/2014/1) ނަންބަރުގެ އިޢުލާނުގައި، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި އިޢުލާނުގެ މުއްދަތަށް 7 ދުވަސް ދީފައިނުވާތީ، އެ އިޢުލާނަށް ވަޒީފާ ހަމަޖައްސަވައި ނުދެއްވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
| 
 މަޤާމު  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 ރޭންކް: ޖީ. އެސް. 3  | 
| 
 މުސާރަ  | 
 މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)  | 
||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)  | 
||
| 
 ސެކްޝަން  | 
 ވ. އަތޮޅު ހޮސްޕިޓަލް  | 
||
| 
 
 މަޤާމުގެ އަސާސީ ޝަރުޠު  | 
 - އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މައްދާއަކުން ދަށްވެގެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  | 
||
| 
 
 
 
 
 
 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ހޮސްޕިޓަލުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްކޮށް ކުރަމުންގެންދިއުމާއި، ދަށުން މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް އިންތިޒާމުކޮށް ކުރުން. 2. ސަރުކާރުގެ އެކިއެކި ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން ލިބޭ ސިޓީ މެސެޖްފަދަ ތަކެއްޗަށް ޖަވާބުދިނުން. 3. ސެކްރެޓަރީން ފެށިގެން ދަށުގެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ގަވާއިދުން ކުރެވެމުންދޭތޯ ބަލައި، ސްޕަވައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ރަނގަޅުކުރުވުން. 4. ހޮސްޕިޓަލުން ކުރަންޖެހޭ އިޢުލާނުތައް ކުރުމާއި، އެކަންކަމާ ގުޅޭ މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި، އެކަމާ ގުޅިގެން ހިންގަންޖެހޭ އެންމެހައި ކަންކަން ކުރަމުންގެން ދިއުން (މުވައްޒަފުންނާބެހޭ އަދި މަރާމާތުތަކާބެހޭ) 5 އިދާރީ މުވައްޒަފު ނެތިއްޖެ ހިނދެއްގައި، އެ މަސައްކަތާ ހަވާލުވެ، ކުރަމުން ގެންދިއުން. 6. މުވައްޒަފުންނަށް އަންގާ އެންގުމާއި، ދެންނެވުން، އިލްތިމާސްތައް އަންގަމުން ގެންދިއުން. 7. ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރަމުންގެން ދިއުން. މީގެތެރޭގައި ވަޒީފާތަކަށް މީހުން ލެއްވުމާއި، ކުރިއެރުން ހޯދައިދިނުމާއި، ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމުގެގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްކަތެއް، ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ވެރިއެއްގެ ލަފަޔާ އެއްގޮތަށް ކުރަމުން ގެންދިއުން. 8. މުވައްޒަފުންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. (އުނިއިތުރާއި، އައިބަދަލުތަކާއެކު)  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
  | 
||
| 
 ޢިނާޔަތްތައް  | 
 ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.  | 
||
| 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||
| 
 ސުންގަޑި  | 
 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ވ. އަތޮޅު ހޮސްޕިޓަލަށް.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 - މަޢުލޫމާތު ސާފުކުރަން ގުޅާނީ 6700029 ނަންބަރު ފޯނަށެވެ. - ވަޒީފާއަށް އެދޭ ފޯމް މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.  | 
||
13 ޖުމާދަލްއާޚިރާ 1436