ދިވެހިރާއްޖެ
މި މަރުކަޒުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް 20 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 01 ފެބުރުވަރީ 2024 އިން 5 ފެބުރުވަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މި މަރުކަޒު އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 5 ފެބުރުވަރީ 2024 ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 6 ފެބުރުވަރީ 2024 އަންގާރަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 11 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
- ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު6528817 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]