ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2024/23
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:51
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނެގިފައިވާ ވެލި ގޯތިތަކަށް ދޫކުރުމާއި ގުޅޭ

މިރަށު ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނެގިފައިވާ ވެލި ގޯތިތަކަށް ދޫކުރުމާއި ގުޅޭ

މިރަށު ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނެގިފައިވާ ވެލި ބޭނުންފުޅުވެލައްވާ ރަށުގެ ގޯތިތަކަށް ދޫކުރުކުރުމަށް ކައުންސިލުން ނިންމާފައިވާތީ، 2024 ފެބުރުވަރީ 4 ވާ އާދީއްތަ ދުވަހުން ފެށިގެން ވެލި ބޭނުންފުޅުވާ ގޯތިތަކުގެ ވެރިންނަށް އެފުޞަތު ހުޅުވާލަމެވެ.

ވެލި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

 

1-         ވެލި ބޭނުންފުޅުވާ ގޯތިތަކުގެ ވެރިން އެކަމަށް މިއިދާރާއިން ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް ހުށަހަޅައި ހުއްދަހޯދުން

2-         ދޫކުރުމަށް ހަމަޖެހިފައިވަނީ ގެއަކަށް ގިނަވެގެން 1000 ގޯނި ވެލި.

3-         ގޯނީގެ ގޮތުގައި ބަލާނީ އާންމުކޮށް ހިލަ އަދި ހިލަވެލި އަދި ސިމެންތި ހުސްކޮށްފައި ހުންނަ ސައިޒުގެ ގޯންޏަށް

4-         ވެލި ދޫކުރާނީ ގޯންޏަށް އަޅާގެން ވެލި ގެންދާގޮތަށް.

5-         ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޮނިހިރު، އާދީއްތަ، ހޯމަ، އަންގާރަ ދުވަހު

6-         ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ވެލި ދޫކުރާ ދުވަސްތަކުގެ ހެނދުނު 6:00 އިން 18:00 އަށް.

7-         ވެލި ގެންދިޔުމުގެ މަސައްކަތް ކުރެވޭނީ ވެލި ދުކުރާ ދުވަސްތަކުގެ ހެނދުނު 8:00 އިން 18:00 އަށް.

8-         ވެލި ގެންދަންވާނީ މިއިދާރާއިން އެކަމަށް ކަނޑައަޅާފައިވާ ފާރާތަށް އެންގުމަށްފަހު.

9-         ވެލި ދޫކުރުމަށް ހުއްދަ ދޫކުރެވޭނީ އެދުވަހު އަޅާވެލި އެދުވަހު ގެންދާގޮތަށް.

 

ވީމާ މަތީގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް ވެލި ބޭނުންފުޅުވާ ގޯތިތަކުގެ ވެރިން، މިއިދާރާއިން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ދޫކުރުމާއި ބަލާގަތުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:00 އަށެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                                21‏ ރަޖަބް‏ 1445

01 ފެބުރުވަރީ 2024