ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2024/19
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:07
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

 

އިޢުލާން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފެބުރުވަރީ މަހު ކައުންސިލުން ބާއްވާ ރައްޔިތުންނާއި ބައްދަލުކުރުން 08 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2023 ވަނައަހަރުގެ ކައުންސިލުގެ އަހަރީ ރިޕޯޓާއި ، މާލީ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރެވޭނެއެވެ. ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ގަމުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.  

20 ރަޖަބް  1445

 31 ޖަނަވަރީ 2024 

01 ފެބުރުވަރީ 2024