ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-090-AI/2015/18
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 13 އޭޕްރިލް 2015 14:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)           

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ފޯނު އެލަވަންސާއި، ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ނޮޅިވަރަމް ސުކޫލް / ހދ. ނޮޅިވަރަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، ނޮޅިވަރަމް ސުކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސުކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުމާއި، އެހެނިހެން ތަކެތި ސުކޫލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތީން އެފަރާތްތަކަށް ރައްދުކުރުން.
  2. އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ/ ޗެކުފަދަ ތަކެތި ސްކޫލުން އަންގާގޮތެއްގެ މަތީން ހަވާލުކުރުން.
  3. ބެލެނިވެރިންނާއި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ބާއްވާ ބައްދަލުވުންތަކަށް ކިޔުން.
  4. ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކުރަންޖެހޭ އިޢުލާނު، އެންގުންފަދަ ލިޔުންތައް ހަރުކުރުން.
  5. ޖަލްސާ/ ބައްދަލުވުންފަދަ ހަރަކާތްތަކަށް ދަޢުވަތުކާޑު ރައްދުކުރުން.
  6. ޖަލްސާ/ ބައްދަލުވުންތައް އިންތިޒާމުކޮށް، ހޯލު ތައްޔާރުކުރުމުގައި ބައިވެރިވުމާއި، އެފަދަ ހަރަކާތްތަކުގެ ސައުންޑް ތައްޔާރުކުރުމުގައި އެހީތެރިވުން.
  7. ޕާކުތަކާއި، ސްކޫލުގެ ގޯތިތެރޭގައި އިންދާފައިހުރި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. ސްކޫލުގެ އޮފީހާއި، ލީޑިންގ ޓީޗަރސްރޫމާއި، އެތަންތަނުގެ ފާޚާނާތައް ފޮޅައި ސާފުކުރުން.
  9. ސްކޫލުގެ ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ހިނގަމުންދާވަގުތު ބަލިވެގެން ގެއަށް ފޮނުވާލަންޖެހޭ ކުދިން، އެ ކުދިންގެ ގެޔަށް ގެންދިއުން.

މަޤާމުގެ ޝަރުޠު:                   

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤަބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 2015 އެޕްރީލް 14 އާއި 16 އާ ދެމެދުގެ ތާރީޚެއްގައި ނޮޅިވަރަމް ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv)ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހދ. ނޮޅިވަރަމް ސުކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސުކޫލުގެ (ނޮޅިވަރަމް ސުކޫލުގެ)  6520555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015