ބީލަން
ނަންބަރު: (IUL)320-FNP/320/2024/16
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 22 ފެބުރުވަރީ 2024 10:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާރމިނަލް އިމާރާތުގެ ޕޯޓީކޯގެ މަސައްކަތާއި އިމާރާތުގެ ބޭރުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

އިޢުލާން

 

ފެރީޓާރމިނަލް އިމާރާތުގެ ޕޯޓީކޯގެ މަސައްކަތާއި އިމާރާތުގެ ބޭރުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ފެރީޓާރމިނަލް އިމާރާތުގެ ޕޯޓީކޯގެ މަސައްކަތާއި އިމާރާތުގެ ބޭރުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

ލިންކު:  https://forms.office.com/r/HSy8yPij7i

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 13 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިމަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ރަޖަބު 1445

01 ފެބުރުވަރީ 2024