ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ނ.މަގޫދޫ މަސްޒިދުލް އިސްރާ މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ބޭރުން ޙާފިޡަކު ގެނައުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡު ގެންނަ ފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
1- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
2- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
3- ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
4- ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސެވުން.
5- ރަމަޟާންމަސް ނިމުމުން ޙާފިޡު އަނބުރާ މާލެ ގެންގޮސް ޤައުމަށް ފޮނުވާލުން.
6- ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރ ކުރުން.
މިކަމުގައި ޢަމަލު ކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2023/219 (03 ޑިސެންބަރު 2023) އިޢުލާނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6560031 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.