ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2024/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 07 ފެބުރުވަރީ 2024 13:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީލިންގ ކުރުމާއިބެހޭ.

ސީލިންގ ކުރުމާއިބެހޭ.

 

             މިރަށު ނޫރު މިސްކިތުގެ ހުޅަނގު ފަރާތު މިޙްރާބުގޭ ދެ ފަރާތު އަސްކެނީގެ ސީލިންގުން ހަލާކުވެފައިވާ ބައިގެ ފިލާތަކާއި، ފަތިތައް ނައްޓާ އަލުން ފަތިއަޅާ ފިލާޖެހުމާއި، މިސްކިތުގެ މަތީބައިގެ ހުޅަނގު ފަރާތު އަސްކެނިން ފިލާ ނެއްޓިފައިވާ ތަނުގައި ފިލާ ޖެހުމާއި، މިސްކިތުގެ އުތުރުފަރާތައް އިތުރުކޮށްފައިވާ ބައިގެ ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL) 366/2024/6 ގެ އިޢުލާނާއިގުޅިގެން އެކަމަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

            ވުމާއިއެކު، މިއިޢުލާނާއިއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި  މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއިން ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ޢާއްމުކުރީމެވެ.

 

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

01 ފެބުރުވަރީ 2024