ދިވެހިރާއްޖެ
(IUL)438-WMPC/438/2024/48 :އިޢުލާން ނަންބަރު
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް - (4 ވަނަ ޓެންޑަރ)– އެޑެންޑަމް –1((IUL)438-WMPC/438/2024/1)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-WMPC/438/2024/1 އިޢުލާނަށް ބަދަލު ގެނެވިފައިވާތީ، މި ކަން ބީލަމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ބަދަލު ގެނެވުނު ބައި |
ގެނެވުނު ބަދަލު |
"ބީލަން ހުށަހަޅަންޖެހޭ އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ސުން ގަޑި" |
06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހު 11:00 |
ބީލަމުގެ ވެލިޑިޓީ |
ބީލަމުގެ ވެލިޑިޓީ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ. |
ބީލަން ހުށަހަޅަން ޖެހޭ އެޑްރެސް |
ވޭސްޓް ޓްރާންސްފަރ ސްޓޭޝަން-އެޑްމިން ބިލްޑިންގ އިންޑަސްޓްރިއަލް ވިލެޖް ބޮޑު ތަކުރުފާނު މަގު |
މީގެ އިތުރުން މައުލޫމާތު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި މަސައްކަތާއި ގުޅޭގޮތުން ހުށަހަޅާފައިވާ ސުވާލުތަކުގެ ޖަވާބު މި ޢިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
31 ޖަނަވަރީ 2024