ކުއްޔަށް ދިނުން
ނަންބަރު: 113-PRC/I-2015/24
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 19 އޭޕްރިލް 2015 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މީރުބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރުމަށް

މީރުބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރުން

މީރުބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، މި ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ފިހާރަތައް ކުއްޔަށް ދޫކުރަން ހުޅުވާލަމެވެ.  

އިތުރު ތަފުސީލު

ބީލަން ހުށަހެޅޭނެ ފަރާތްތައް

  • މިބީލަމުގައި ބައިވެރިވެވޭނީ، ބީލަން ހުށަހަޅާ ތާރީޚާ ހަމައަށް އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހިރައްޔިތުންނަށާއި، ދިވެހި ރައްޔިތެއްގެ ހިއްސާ އޮންނަ ކުންފުނި ނުވަތަ ވިޔަފާރިއަކަށެވެ.

ކުއްޔަށް ދޭ ފިހާރައިގެ ތަފުސީލު:

  • ފިހާރައިގެ އަދަދު: 01 (އެކެއް)
  • ފިހާރަ ނަންބަރު: ޝޮޕް ނަންބަރު 4.
  • ތަނުގެ ބޮޑުމިން: 475 އަކަފޫޓު، 25 ފޫޓު ދިގު ، 19 ފޫޓު ފުޅާ
  • ފެނާއި ކަރަންޓް: މީޓަރަކުން ކަރަންޓް، އަދި ފެން ލިބޭގޮތަށް
  • ފަރުނީޗަރު: އެއްވެސް ފަރުނީޗަރަކާ ނުލައި

ކުއްޔަށް ދޫކުރެވޭ މުއްދަތު

  • ބީލަން ކާމިޔާބުކުރާ ފަރާތަކަށް ފިހާރަ ކުއްޔަށް ދޫކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

ބީލަމުގައި ރަޖިސްޓަރީ ވުން

  • ބީލަން ހުށަހަޅަން ބޭނުންވާ ފިހާރައަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމް.ޕީ.އެލްގައި -/5,000 (ފަސްހާސް ރުފިޔާ) ގެ ނޮން ރިފަންޑަބަލް ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެއެވެ. އަދި ރަޖިސްޓަރީކުރުމަށްޓަކައި 15 އެޕްރީލް 2015 ގެ 15:00 ކުރިން ތިރީގައިވާ ތަކެތި ފައިސާ ދައްކާ ކައުންޓަރަށް ހުށަހަޅަން ޖެހޭނެއެވެ.
  • އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑުގެ ކޮޕީ
  • ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
  • ކުންފުނި ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު

ބީލަން ފެށޭ އަގު

  • ބީލަން ފެށޭ އަގަކީ މަހަކު -/60,000 ރުފިޔާއެވެ.

ބީލަމަށް މަދުވެގެން އިތުރު ކުރުވޭނެ އެންމެ ދަށް އަދަދު

  • ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީކުއްޔަށް އިތުރުކުރެވޭނީ މަދުވެގެން -/1,000 ރުފިޔާއެވެ.

ބީލަން ނިންމުމާއި އެވޯޑުކުރުން

  • ބީލަމުގެ އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބީލަން ނިންމޭނެއެވެ.
  • ބީލަން ކާމިޔާބުކުރި ފަރާތުން ތަން ދޫކޮށްލައިފިނަމަ، 2 ވަނައަށް ހޮވިފައިވާ ފަރާތަކާއެކު ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
  • 2 ވަނަ އަށް ހޮވޭ ފަރާތުން ތަން ދޫކޮށްލައިފިނަމަ، ތަން ދޫކޮށްލި 2 ފަރާތް ނުހިމަނައި ދެންތިބި ފަރާތްތަކަށް އެފަރާތްތަކުން ކުރިން ލީ ބީލަމަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ.
  • ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރު ވެއްޖެނަމަ ކުލި އިތުރުކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިފުރުޞަތުގައިވެސް ހުށަހަޅާފައިވާ ކުއްޔަށް އިތުރު ބަދަލެއް ނައިސްފިނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތަކަށް އެވޯޑުކުރެވޭނެއެވެ.
  • ބީލަން ނިމުމުން އެންމެމަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބުވެއްޖެކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމް.ޕީ.އެލް އާއެކު ސޮއިކުރަންވާނެއެވެ.

ކުލި ހުށަހެޅުން

  • އަގު ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުގައެވެ. އަދި މި ފޯމު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކުއްޔަށް ހިފަން ބޭނުންވާ ތަން އެނގޭނެހެން "ބީލަމުގައި ބައިވެރިވުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ.
  • ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން ހުށަހެޅުން އޮންނާނީ 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ސަރވިސް ބިލްޑިންގގެ މީޓިންގރޫމުގައެވެ.

ތަނުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމާއި މަރާމާތު

  • ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ތަނަށް ކުރަންޖެހޭ ހުރިހާ ޚަރަދަކާއި، މަރާމާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ފިހާރަ ހިންގާ ފަރާތުންނެވެ.

އިންޝުއަރެންސް، ޖޫރިމަނާ އަދި ގެއްލުމުގެ އަގު

  • ފިހާރަ ހިންގުމާ ގުޅިގެން ތަނަށް، ނުވަތަ ތަކެތި، ނުވަތަ މީހުންނަށް ކުރަންޖެހޭ އެއްވެސް އިންޝުއަރެންސެއް ކުރަންޖެހިއްޖެނަމަ އެ ކަމެއް ކުރާނީ ފިހާރަ ކުއްޔަށް ހިފާ ފަރާތުންނެވެ.
  • ސަރުކާރުގެ އެއްވެސް ގަވާއިދަކާ ޚިލާފުވެގެން ފިހާރަ ޖޫރިމަނާއެއް ކޮށްފިނަމަ، އެ ޖޫރިމަނާ ދައްކާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.

އަންގާ އެންގުންތައް

  • އެމް.ޕީ.އެލް އިން ފިހާރަ ކުއްޔަށް ހިފާ ފަރާތަށް އަންގަންޖެހޭ ހުރިހާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން ލިބެންވާ ފަރާތަށް ލިބުނުކަން އެނގޭނެ ގޮތެއްގެ މަތިންނެވެ.
  • ކުއްޔަށް ހިފާ ފަރާތުން އެމް.ޕީ.އެލް އަށް ހުށަހަޅަންޖެހޭ ހުރިހާ ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުންނެވެ.

މަހު ކުލި

  • ފިހާރައިގެ ކުލީގެ އެގްރީމަންޓް ކުރެވޭއިރު 2 މަސްދުވަހުގެ ކުލީގެ އަދަދަށްވާ ފައިސާ ތިރީގައި ބަޔާންކުރެވިފައިވާ އުސޫލުން ނެގޭނެއެވެ.
    • ހިނގާމަހުގެ އެޑްވާންސް ކުލި.
    • ކުލީގެ އެގްރީމަންޓް ހަމަވުމުން ނުވަތަ ނިމުމަކަށް ގެނައުމުން އެގްރީމަންޓްގައި ކަނޑައެޅިފައި އޮންނަ އުސޫލުން އަނބުރާ ދޭގޮތަށް ނެގޭ 1 މަސްދުވަހުގެ ކުއްޔަށްވާ ޑިޕޮޒިޓް ފައިސާ.
  • މަހުކުލި އަބަދުވެސް ނެގޭނީ އެމަހެއްގެ ކުރިއަށެވެ.
  • ކުލީގެ ގޮތުގައި ނެގޭ އަދަދު ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން އެމް.ޕީ.އެލް ގެ ފައިނޭންސް ޑިޕާޓްމަންޓަށް ދައްކަންވާނެއެވެ.

ބީލަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން ފޯމު.

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ފިހާރަތައް ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން ފިހާރަތައް ބެލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓުގެ ފޯނުނަންބަރު 3329339 އަދި އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން ސާފުކުރަން ބޭނުންވި މަޢުލޫމާތު ލިބޭނެއެވެ.

އިތުރު ބަޔާން

  • މަތީގައި ބަޔާންކުރެވުނު ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެ ދެފަރާތުގެ ޢާއިލާ ބޭފުޅެއް (ޢާއިލާ މާނަކުރަނީ، މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށްވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  • މި ފިހާރަ ހިންގަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ ވިޔަފާރި ކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.
  • ކުއްޔަށް ހިފާ ފަރާތްތަކަށް މި ފިހާރައިގައި ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާ، ވާރކްޝޮޕް، ގުދަން، ދިރިއުޅުމަށް، ހޮޓާ، ގެސްޓްހައުސް ފަދަ ކަންކަމަށް ބޭނުމެއްނުކުރެވޭނެއެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015