ނީލަން
ނަންބަރު: (IUL)239-AHRI/239/2015/15
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:06
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުއާސަލާތުކުރުމަށް ބޭނުންކުރި ދަގަނޑު އެންޓަނާއެއް ނީލަމުގައި ވިއްކާލުމަށް

މި ކައުންސިލުން ކުރީގައި މުއާސަލާތު ކުރަން ބޭނުންކުރި މި އިދާރާގެ ގޯތީގެ ހުޅަނގުފަރާތުގައި ހުރި ދަގަނޑު އެންޓަނާ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ. މި އެންޓަނާ ނީލަމުގައި ނަގާފަރާތުން އެންޓަނާ ނަގާއިރު ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ، އެ ގެއްލުމެއް ރަނގަޅު ކޮށްދޭންޖެހޭނެކަމުގައި ދެންނެވީމެވެ.

ވީމާ، މި އެންޓަނާ ގަންނަން އެދިލައްވާ ފަރާތްތަކުން 12 އެޕްރީލް 2015 ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅުއްވަމުން ( މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected]، ފެކްސް ނަންބަރަކީ 6780042 ) ގެންދެވުން އެދެމެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ބަންދުނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ -/500 ރުފިޔާއެވެ. އަދި ނީލަމަށް އަގު އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/50 ރުފިޔާއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015