ޢާންމު މަޢުލޫމާތު
ނަންބަރު: HMC-B2/2024/02
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 12 ފެބުރުވަރީ 2024 00:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުން ބަލަމުން ދާ މައްސަލައަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރު ކުރުމާއި ގުޅޭ

ސ.ފޭދޫ/ ދުންމާރިގެ / މޫސާ އަދުހަމް (އައިޑީ ކާޑު ނަންބަރު:A105329) އަކީ މިކޯޓަށް ހުށަހެޅި ހިނގަމުންދާ އާއިލީ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ދިރިއުޅޭކަމަށް ލިބިފައިވާ އެޑްރެހުން ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާތީ، ކޯޓަށް ޙާޟިރު ކުރެވިފައިނުވާ ފަރާތެކެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ އާއިލީ މައްސަލަ ހިންގުމަށްޓަކައި މޫސާ އަދުހަމް 2024 ފެބުރުވަރީ 12 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް(ހުޅުމާލެ މެޖިސްޓްރޭޓަށް) ޙާޟިރުވުމަށް ސ.ފޭދޫ/ދުންމާރިގެ / މޫސާ އަދުހަމްއަށް އަންގަމެވެ. އަދި  2024 ފެބުރުވަރީ 12 ވަނަ ދުވަހުގެ 13:00 އަށް މުސާ އަދުހަމް މި ކޯޓަށް ޙާޟިރު ނުވެއްޖެނަމަ މޫސާ އަދުހަމްގެ ޣައިރު ޙާޟިރުގައި މި މައްސަލަ ބަލާ ނިންމާނެކަން ސ.ފޭދޫ/ދުންމާރިގެ/ މޫސާ އަދުހަމްއަށް އަންގަމެވެ.

20 ރަޖަބު 1445

31 ޖަނަވަރީ 2024

31 ޖަނަވަރީ 2024