ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2024/14
އިޢުލާން
1445 ވަނަ އަހަރު ރަމަޟާންމަހުގެ ތަރާވީޙް ނަމާދު ކުރުމަށް މިކައުންސިލުން ގެނެވޭ ޙާފިޒްގެ ހުރުމާއި، ކެއުން އަދި ދޮވެ އިސްތިރިކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުން ފެށިގެން 2023 ފެބުރުުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އައި.ޑީ ކާޑު ކޮޕީ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2024 ފެބުރުވަރީ 11 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 ފެބުރުވަރީ 13 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.