ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިއޮފީހަށް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް 17 ކޮމްޕިއުޓަރ ސިސްޓަމް (ޔޫޕީއެސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
Desktop Computer System Specification |
|
Processor |
Intel® Core™ i3-4160 Processor - 3.6GHz, 3MB cache |
Chipset |
Intel ® |
Memory |
4 GB, 1600 MHz DDR3 SDRAM |
Memory Slots |
2 or More |
Storage |
1TB 7200 RPM SATA Hard Drive |
Graphics |
Intel ® HD Graphics |
Optical Disk Drive |
24x DVD/CD Burner |
Network Interface |
10/100/1000 Mbps |
I/O Ports |
1 x Multi-In-One Card Reader |
Expansion Slots |
1 x Mini PCI-e, 1 X PCI-e x 1, 1 x PCI-e x 16 |
Audio Controller |
High Definition Audio |
Power Supply |
300W Power supply OR higher |
Accessories |
USB Keyboard & Optical Scroll Mouse |
Operating System |
Genuine Windows 7 Professional 64 bit |
Monitor |
19.5" LED Monitor |
UPS Battery |
Output Power Capacity: 650 VA |
އިތުރު މަޢުލޫމާތު
- އަގު ހުށަހަޅާ ފަރާތުން ވިއްކަން ގަސްދުކުރާ ތަކެތީގެ ސްޕެސިފިކޭޝަނާއި، ބްރޭންޑް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.
- މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާޓްނަރޝިޕެއް) ނުވަތަ ލޯކަލް އިންވެސްޓްމެންޓެއްނަމަ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުންނަމަ، ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަގު ހުށަހަޅާ ފަރާތްތަކުން އިމްޕޯޓް މުދާ ވިއްކުމުގެ ލައިސަންސްގެ ކޮޕީއަކާއި، ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
- އަދި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ''ގަވާއިދުން ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އަންގައިދޭ ލިޔުން'' ވެސް ހުށަހަޅުއްވަންވާނެއެވެ.
- މިއޮފީހަށް އެއްވެސް ޖިނާއީ މައްސަލައެއް ހުށަހެޅި އަދި ހިނގަމުންދާ ފަރާތެއް ނުވަތަ އެފަރާތެއް ޙިއްޞާވާ ކުންފުންޏެއް/ ލޯކަލް އިންވެސްޓްމަންޓަކުން އަންދާސީހިސާބު ހުށަހަޅައިފައިވާނަމަ، އެއަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ކަނޑައަޅާފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނުގެ ތަކެތީގެ ހުށަހެޅުންތަކަށް އިވޭލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
- ތަކެތި ގެނެސްދެވޭނެ މުއްދަތު ކަމަށް ޖަހަންވާނީ ބިޑްކުރެވޭ ތަކެތި އެއްފަހަރާ ސަޕްލައިކޮށްދެވޭނެ މުއްދަތެކެވެ. ސަޕްލައިކުރާ ތަކެތި މިއޮފީހަށް ބަލައިގަންނާނީ ސަޕްލައިކުރުމަށް ކަނޑައެޅޭ ޖުމުލަ ތަކެތި އެއްކޮށް ސަޕްލައިކޮށްދިނުމުން އެކަންޏެވެ.
- 2013 ޖަނަވަރީމަހުން ފެށިގެން މިފަދަ ތަކެތި ސަޕްލައިކޮށްދިންކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ ހަމައެކަނި މިފަދަ ލިޔުންތަކަށެވެ.
- މަސައްކަތް ހަވާލުކުރުމަށް ފަރާތެއް ހޮވުމަށް ޕޮއިންޓް ދޭ އުސޫލު:
- 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 05 ޕޮއިންޓް ވޮރެންޓީ މުއްދަތަށް (އެންމެ ގިނަ މުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
- 05 ޕޮއިންޓް ތަޖުރިބާއަށް (ތަޖުރިބާގެ ގޮތުގައި ބެލެވޭނީ މިފަދަ ތަކެތި ވިއްކިކަމަށް ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދީފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ ލިޔުން ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް، މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއޮފީހުގެ 3003294 ނަންބަރު ފޯނާއެވެ.
17 ޖުމާދަލްއާޚިރާ 1436