ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/9
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 07 ފެބުރުވަރީ 2024 12:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯހާއި ގުޅޭ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ޒުވާނުންނަށް އަމާޒުކޮށްގެން ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 ފެބްރުވަރީ 15 އާއި 6 މާރިޗް އާއި ދެމެދު ހއ އަތޮޅުގައެވެ. ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ޑިޕޮސިޓް ފައިސާގެ ގޮތުގައި -/500 (ފަސް ސަތޭކަރުފިޔާ) ނެގުމަށް ހަމަޖެހިފައިވެއެވެ. އަދި ކޯސް ފުރިހަމަ ކުރުމުން މި ފައިސާ އަނބުރާ ދެވޭނެއެވެ.

          މި ކޯހުގައި ބައިވެރިވުމަށް ކޮންމެ ރަށަކަށްވެސް 2 ފުރުޞަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ މަސްވެރިކަމުގެ ދާއިރާއަށް 1 ފުރުޞަތު އަދި ފަތުރުވެރިކަމުގެ ދާއިރާއަށް 1 ފުރުޞަތެވެ. ބައިވެރިންގެ އެކޮމެޑޭޝަން އަދި ކެއުން ހަމަޖައްސައި ދެއްވަނީ އަތޮޅު ކައުންސިލުންނެވެ. އަދި ދަތުރު ހަމަޖައްސައިދެނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ކޮންމެ ރަށަކަށްވެސް ހުޅުވާލާފައިވަނީ، 2 ޖާގަކަމުން ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިވުމަށް ހޮވޭ ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

           ވީމާ، ދެންނެވުނު ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބްރުވަރީ 7 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ފޯމް މި ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

20 ރަޖަބް  1445

31 ޖަނަވަރީ 2024