ދިވެހިރާއްޖެ
"ގދ. މަޑަވެލި ކައުންސިލް އިދާރާގެ ޤުރުއާން މުބާރާތް 2024" ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަނަންޖެހޭ ޝަރުޠުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ފެބްރުއަރީ 2023 ގެ 10:00 ގެ ކުރިން މި ކައުންސިލްގެ މެއިލް: [email protected] އަށް ނުވަތަ މި އިދާރާގެ ރިސެޕްޝަން ކައުންޓަރ އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.
މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅު ވާނަމަ މި އިދާރާގެ ހޮޓްލައިން އަށް 9356677 އަށް ގުޅައިގެން ނުވަތަ މެއިލް އަކުން ނުވަތަ ލިޔުމުން އެކަން ސާފްކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.