ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2024/47
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 11 ފެބުރުވަރީ 2024 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއު ހިންގުމަށްޓަކައި ޕްރޮޖެކްޓް އެސިސްޓެންޓްގެ މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 11 ފެބްރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ތަޢުލީމީ ފެންވަރުގެ ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން އެ މުވައްޒަފެއް މި ވަޒީފާއަށް ވީއްލާނެކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

 

މި  ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"އިންޓަގްރޭޓަޑް،ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"  މަޝްރޫއު އަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ފޯން:  3018326، 3018300

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ.

31 ޖަނަވަރީ 2024