ދިވެހިރާއްޖެ
މަސައްކަތް: މަސައްކަތައްބޭނުންވާ މައިގަނޑުތަކެތި ދިނުމުން ފެލިދެއަތޮޅު ފުލިދޫގައި އަރާފޭބުމަށް އަޅާފައިވާ ފާލަމުގެ ދެފަރާތު އަރިމަތީގައި ފިލާޖެހުން.
1- ފެލިދެއަތޮޅު ފުލިދޫ ކައުންސިލުން " ފެލިދެއަތޮޅު ފުލިދޫގައި ފޯރުކޮށްދޭ އަސާސީ އަދި ރައްވެހިކަމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން. ފެލިދެއަތޮޅު ފުލިދުއަށް އަރާފޭބުމުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ތަރައްޤީކުރުން." ޕްރޮޖެކުޓުގެ ދަށުން ފެލިދެއަތޮޅު ފުލިދޫގައި އަރާފޭބުމަށް އަޅާފައިވާ ފާލަމުގެ ދެފަރާތު އަރިމަތީގައި ފިލާޖެހުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތަކަށް ބީލަންހުށައެޅުމުގެ ދައުވަތު އަރުވަމެވެ.
2- މަސައްކަތުގެ ސްކޯޕް.
(ހ) ފާލަމުގެ ދެ އަރިމަތީގައި 100 (ސަތޭކަ) ފޫޓޫގެ ދިގުމިނަން ފިލާހަރުކުން.
(ށ) ފާލަމަށް ކައިރިކުރާ އުޅަނދުފަހަރު ހިފޭނެ އިންތިޒާމްތައް ޤާއިމުކުރުން.
3- ޝަރުތު ހަމަވާފަރާތްތައް:
ދިވެހިރާއްޖޭގައި ހެދިފައިވާ ކަމާއި ގުޅުންހުރި ޤާނޫނުތަކުގެދަށުން ރަޖިސްޓްރީކޮށްގެން ހިންގާ އެންމެހާފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ބީލަން ހުށައެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެކު އެއްހީރަސްކުރެވިފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމުން "ބީލަން ކަރުދާސް" އެ ފަރާތަކަށް ޙަވާލުކުރެވޭނެއެވެ. ރަޖިސްޓްރީވުމަށް ފޯމު ފޮނުއްވާނީ ތިރީގައިވާ އެޑްރެހަށެވެ. ފޯމް އީ މެއިލް މެދުވެރިކޮށް ފޮނުވާނަމަ ފޮނުންވާނީ ކުންފުނީގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.
4- ކައުންސިލްގެ ރަސްމީ އެޑްރެހާއި އީ މެއިލް އެޑްރެސް
(ހ) ކައުންސިލްގެ އެޑްރެސް: ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ/ގްރައުންޑް ފްލޯރ
(ށ) މަގު: ސޯސަންމަގު.
(ނ) އަތޮޅާއި ރަށް: ވ.ފުލިދޫ
(ރ) ޒިޕް ކޯޑް: 10010
(ބ) ޤައުމު: ދިވެހިރާއްޖެ،
(ޅ) ފޯނު ނަންބަރ: 9606700603+
(އ) އީމެއިލް: [email protected]
5- މައުލޫމާތު ސާފުކުރުން.
މައުލޫމާތު ސާފުކުރުން އޮންނާނީ 04 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 11 ޖަހާއިރު ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާގައެވެ.
6- ބީލަންހުށައެޅުމުގެ ސުންގަނޑި :
ތާރީޚް: 08 ފެބުރުވަރީ 2024 ވަނަދުވަހުގެ 12:00 ގައި ކައުންސިލްއިދާރާގެ ޖަލްސާކުރާބައިގައެވެ.
ބީލަން ހުށައެޅުމުގެ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއްނުގަނެވޭނެއެނެ އަދި ބީލަމެއް ބައިލައިގަތުމާއި ބާތީލްކުރުމާއި ކޮންޓްރެކްޓް ޙަވާލު ކުރުމުގެ ކުރިން (ކޮންޓްރެކްޓް އެވާޑްކުރުމުގެ ކުރިން) ކޮންމެވަގުތެއްގައިވެސް މުޅި ބީލަންމަރުޙަލާ އުވާލާ ހުރިހާ ބީލަންތަކެއް ބާތިލްކުރުމުގެ އިޚްތިޔާރާއި ބާރު ލިބި ދީފައިވަނީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލަށެވެ. އަދި މިފަދަ ޙާލަތެއްގައި ބީލަން ހުށައަޅާފަރާތަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަން ނުޖެހޭނެއެވެ.