ދިވެހިރާއްޖެ
މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތާބެހޭބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތާބެހޭބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 17 މާރިޗު 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/80) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީގެ ޢާންމު ޚިދުމަތާބެހޭ ބަޔަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
16 ޖުމާދަލްއާޚިރާ 1436