ކުއްޔަށް ހިފުން
ނަންބަރު: (B)GS133/2024/06
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 08 ފެބުރުވަރީ 2024 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
2024ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން

2024ވަނަ އަހަރު، ސްކޫލުގެ މުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން

  1. 2024 ވަނަ އަހަރު (1 މާރޗް 2024 އިން 31 ޑިސެމްބަރ 2024 އަށް) މި ސްކޫލުގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
  2. މިއީ މިކަމާ ގުޅިގެން ކުރެވޭ 4 ވަނަ އިޢުލާނެވެ.
  3. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޖަނަވަރީ 31 އިން 2024 ފެބުރުއަރީ 8 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ފެބުރުއަރީ 6 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 11 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް

އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4/edit?pli=1

 

31 ޖަނަވަރީ 2024