ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CB./38/2024/111
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:42
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

(IUL)38-CB./38/2024/111 :​​ނަންބަރު

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024" އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" މިހާރުވާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ޤާއިމު ކުރެވިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި ރަށު/ އަވަށު/ އަތޮޅު/ ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެއެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވީމާ އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ރަމަޟާން މަހުގައި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 13:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށެވެ.

އަދި ވޯޓު ނެގުމަށް ހަމަޖެހިފައިވާ 17 މާރިޗު 2024 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

30 ޖަނަވަރީ 2024