ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2024/05
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:41
ސުންގަޑި: 08 ފެބުރުވަރީ 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތަކާގުޅޭ ސާރވޭ

                ކުޑަހުވަދޫގައި ހިންގާ އެންމެހާ ވިޔަފާރިތަކުގެ ދަފްތަރު އަދާހަމަކުރުމަށް، ރަށުގައި ހިނގަމުންދާ ވިޔަފާރިތަކާގުޅޭ ސާރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭ ކުރިޔައްދާނީ، 2024 ފެބްރުއަރީ 04 އިން 08 ގެ ނިޔަލަށެވެ. މި ސާރވޭގައި "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤަވާއިދު ގައި ހިމެނޭ ކަންކަމާއި، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކޮއްފައިވާ ކަންކަން ބަލައި އިސްލާޙްކުރަންޖެހޭ ކަމެއް ހުރިނަމަ، އެކަމެއް އިސްލާޙްކުރުމަށް އެންގޭނެއެވެ. އަދި ޚާއްޞަ ގޮތެއްގައި، މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމަށް ބާރު އެޅޭނެއެވެ.

                މިއީ، ވިޔަފާރިތަކުގެ ރައްކާތެރިކަމާ، މުދާގަންނަ ޚިދްމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މުޙިއްމުކަމަކަށްވާތީ، ވިޔަފާރިތައް ހިންގާ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވައި އެހީތެރިކަމާ އެއްބާރުލުން ދެއްވުންއެދި ދަންނަވަމެވެ.

30 ޖަނަވަރީ 2024