ދިވެހިރާއްޖެ
ވަންދޫސްކޫލް
ތ.ވަންދޫ، ދިވެހިރާއްޖެ
ތާރީޚް: 30 ޖަނަވަރީ 2024 GS179/IUL/2024/04 ނަންބަރު:
އިޢުލާނު
ވަންދޫ ސްކޫލްގައި ހުރިމަރާމާތައް ކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ
މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ފެބުރުއަރީ މަހުގެ 06 ވަނަ ދުވަހުގެ 10:00(ހެނދުނު ) އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 15 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00(ހެނދުނު ) އަށް މި ސްކޫލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
17 ރަޖަބު 1445
30 ޖަނަވަރީ 2024