ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2024/08
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 08 ފެބުރުވަރީ 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދޯނި ކެޕްޓަން

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ދޯނި ކެޕްޓަން

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް – 1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކަންޑުއޮތްގިރި ފިޝްވިލެޖް - މިފްކޯ

މުސާރަ:

ލިބިފައިވާ ތަޢުލީމާއި ތަމްރީންއާއި ތަޖްރިބާ ދެނެގަތުމަށް ފަހު މުސާރަ ކަޑައެޅޭނެއެވެ.

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެެ މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ހުނަރު ހުރިމީހަކަށްވުން / ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އަދި ފުރިހަމަ ސިއްޙަތެއްގައިހުރި މީހަކަށްވުން
  • ކަނޑުމަތީގައި ދުއްވާ އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ.ބީ.ސީ.ޑީ ލިބިފައި ފައިވުން އަދި ކޯސްޓަލް ނެވިގޭޝަން ކްލާސް 5 އެއްގެ ސެޓްފިކެޓް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ·         ކޮންމެ ދުވަހަކުވެސް ދަތުރުތަކުގެ ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެމަތިން ދަތުރު ކުރުން
  • ·         ރަސްމީގަޑީގައި ފެރީން ދަތުރުކުރާ މުވައްޒަފުން ދަތުރުކުރަނީ ހުއްދަލިބިގެންތޯ ބަލައި ޗެކްކުރުން ނުވަތަ ބޯޑިންގޕާސް އޮވެގެންތޯ ބެލުން
    • ·         ކުރާހުރިހާ ދަތުރެއް ނޯޓްކުރުން
    • ·         ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ކުރަންޖެހޭ ދަތުރު ކުރުން
    • ·         ދަތުރުތައް ފެށުމުގެ ކުރިން ދޯނީގައި ވާވަރަށް ތެޔޮހުރިތޯ ޗެކްކުރުން. ދޯނީގެ ތެޔޮ ހުސްވެފައިވާނަމަ އޮންނަ އުސޫލެއްގެ މަތިން ސްޕަރވައިޒަރާ ވާހަކަދައްކައި ޒިންމާ ނެގުން.
    • ·         ދޯނީގެ ކޮންމެ ދަތުރެއް ނިމުމުން ދޯނި ކުރޫން ލައްވާ ދޯނި ރަނގަޅަށް ސާފުކޮށް އަނެއް ދަތުރަށް ތައްޔާރުވުން
    • ·         އެއްވެސް ކަހަލަ ގެއްލުމެއް ދޯންޏަށް ނުވަތަ ދޯނީގެ އިންޖީނަށް ލިބިއްޖެނަމަ ލަސްނުކޮށް އަންގަންވީފަރާތަށް އަންގާ އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
    • ·         ދޯނީގައި ބޭނުންކުރުމަށް ދޫކުރެވިފައިވާ ހުރިހާ ތަކެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ޅ- މިފްކޯ ޖޮބް އެޕްލިކޭޝަން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 08 ފެބްރުއަރީ 2024 ވަނަ ދުވަހު މެންދުރު  14:00ގެ ކުރިން އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަ ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

30 ޖަނަވަރީ 2024