ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)247-CA/247/2024/13
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 07 ފެބުރުވަރީ 2024 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ސްޓޭޑިއަމް އަށް ބޭނުންވާ ކަރަންޓް ކޭބަލް ގަތުމާ ބެހޭ

އިޢްލާން

ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްއަށް ކަރަންޓްލުމަށްޓައި ބޭނުންވާ ކޭބަލް ގަނެ ހޯރަފުށްޓަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައި ދަންނަވައިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 #

 ބޭނުންވާ އަދަދު

ތަފްޞީލް

 1

 105 މީޓަރު

3 ފޭސް ކޭބަލް  sqmm35

            މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

             މި ބީލަމުގައި ރަޖިސްޓްރީވުމަށް 2024 ޖަނަވަރީ 30 ވަނަ ދުވަހުން ފެށިގެން 2024 ފެބްރުވަރީ 7 ވާ ބުދަ ދުވަހުގެ 13:00 އާ ދެމެދު ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމާތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

ބިލަމުގެ ނަން އަދި އިޢުލާން ނަންބަރު:

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

          އަންދާސީހިސާބު ހުށަހަޅުއްވާނީ 2024 ފެބުރުވަރީ 15 ވާ ބުރާސްފަތިދުވަހުގެ 13:00  ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

                        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

                           19 ރަޖަބް  1445   

30 ޖަނަވަރީ 2024