ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 201-A/1/2015/04
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 14 އޭޕްރިލް 2015 16:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު:

ޕްރޮކިއުމަންޓް  އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ (FINANCE 1)

އަސާސީ މުސާރަ:

-/6،950 ރ.

ސާވިސް އެލަވަންސް:

-/2،500 ރ.

ނޮންޕްރެކްޓިސިން އެލަވަންސް:

-/3،127.50 ރ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

  • އޭ.ސީ.ސީ.އޭ ފަންޑަމެންޓަލް މޮޑިއުލްތައް (ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް) ފުރިހަމަކޮށްފައިވުމާއެކު، އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިން ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓިން/ފައިނޭންސްގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމަންޓާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ގަަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން.
  • ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން.
  • ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން
  • ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، ގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން.
  • ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން.
  • ޕްރޮކިޔުމަންޓަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގާ ބެލެހެއްޓުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  • ޕްރޮކިއުމަންޓް އާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރެވޭ ފަރާތަކަށްވުން.
  • ދަޢުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިވެފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

14 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން 
  • ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
އިންޓަރވިއު ކުރުން:  އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 
02 އޭޕްރިލް 2015